ވިއްސާރައިގެ ސަބަބުން މިއަދު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ވެސް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައި ވާތީ އެމްއެމްއޭ އާއި ބޭންކުތައް މިއަދު ބަންދުވާނެ ކަމަށެވެ.
މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައި ވާތީ އެމްއެމްއޭ އާއި ބޭންކުތައް މިއަދު ބަންދުވާނެ ވާހަކަ ދެންނެވީމެވެ.
— MMA (@MMA_Maldives) March 2, 2025
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަންޖެހިފައިވާތީ، މާރިޗު 2، 2025 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
މާލޭގައި ފެންބޮޑުވެފައިވާއިރު، މާލެ ކައިރިން ކ.ހުރައާއި ކ.ގުރައިދޫގައިވެސް ފެންބޮޑުވެފައިވެއެވެ. އަދި ގައުމީ ދިފާއީ ބާރުންވަނީ އެ ދެ ރަށުގައިވެސް ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން ކުރިއަށްގެންގޮސްފައެވެ.
މި ލިޔުން ކިޔާލުމުން