ފުލުހުންމިރޭ އިރުއޮއްސުމާ ހަމައިން ފެށިގެން މާލޭ ސަރަހައްދު ހިމެނޭހެން މެދުރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް ގަދަޔަށް ވިއްސާރަކުރަމުންދާތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ވަނީ އޮރެންޖު ސަމާލު ނެރެފައިވެއެވެ. މެދުނުކެނޑި މާލެ ސަރަހައްދަށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކުގައި ފެން ބޮޑުވެފައިވެއެވެ. އޮރެންޖް އިންޒާރު ނެރެފައިވަނީ ބ އަތޮޅުން ދ އަތޮޅަށެވެ.ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް ދަންނަވަން. pic.twitter.com/Y8ZR0EmWz7
— Maldives Police (@PoliceMv) March 1, 2025
ފެން ހިންދުމަށާއި، ފެން ވަންނަ ތަންތަން ރައްކާތެރިކުރުމުގެ ގޮތުން ވެލިބަސްތާ ޖެހުމަށާއި، އާންމު ރައްޔިތުންގެ ހާލު ކައިރިން ބެލުމަށް ސަރުކާރުގެ އިދާރާތައް މިހާރުވަނީ ނުކުމެފައެވެ.






