Friday, November 13
އޮރެންޖު އިންޒާރާއި އެކު އެހީތެރިވާން ސަރުކާރުގެ އިދާރާތަކުން ނިކުމެއްޖެ
މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް އޮރެންޖް އެލާރޓް ނެރުމާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން އެހީތެރިވާން ނިކުމެއްޖެއެވެ. މިރޭ އިރުއްސުމަށް ފަހު މާލެއަށް މެދުނުކެނޑި ވެހެމުންދާ ވިއްސާރައިގައި މިހާރު ވަނީ މާލޭގެ ވަރަށް ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ވަނީ މިހާރު މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ބައެއް ސަރަހައްދުތަކުގައި ޕަންޕް ޖަހައިގެން ފެންހިދާއިރު، ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް އެމްއެންޑީއެފް އިން ކުރިއަށް އެބަދެއެވެ. ސަރުކާރުގެ ކުންފުނިތަކުން ވެސްމިހާރު ވަނީ ފެންހިންދުމުގެ މަސައްކަތަށް މާލޭގެ އެކި ސަރަހައްދުތަކަށް ޓީމްތައް ނެރެން ފަށާފައެވެ. މޫސުމާއި ބެހޭ އިދާރާއިން ވަނީ މިރޭ ދަންވަރު 2 ޖެހުމާއި ހަމައަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން ދ އަތޮޅާއި ހަމައަށް  އޮރެންޖެ އެލާރޓް ނެރެފައެވެ. ސާޅީސް ފަސް މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މާލެ އަތޮޅުން ފެށިގެން މ އަތޮޅަށް ވަނީ ރީނދޫ ސަމާލު ވެސް މިރޭ އެކެއްޖެހުމާއި ހަމައަށް ނެރެފައެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ބުނީ މިރޭ ދަންވަރު އެކެއް ޖަހަންދެން ރީނދޫ ސަމާލު ނެރުނީ ބޯކޮށް ވާރޭވހި ގުގުރާ އަދި ވިލާގަނޑުގައި 4 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާގޮތުގައި ރާއްޖެއަށް ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެއެވެ. މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރަނީ އަންގާރަ ދުވަހުން ފެށިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު