Friday, November 13
ވާރޭވެހި ވައިގަދަ ވެ ހަތަރު އަތޮޅަކަށް ރީނދޫ އެލާރޓް

ސާޅީސް ފަސް މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މާލެ އަތޮޅުން ފެށިގެން މ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ބުނީ މިރޭ ދަންވަރު އެކެއް ޖަހަންދެން ރީނދޫ ސަމާލު ނެރުނީ ބޯކޮށް ވާރޭވހި ގުގުރާ އަދި ވިލާގަނޑުގައި 4 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވެ ވައިގަދަވާނެ ކަމށް ލަފާކޮށް މޫސުމަށް ސާމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން އެދިއްޖެއެވެ.

ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާއިބެހޭ އިދާރާއިން ވަނީ ލަފާކުރިއެވެ. އެހެންވެ މިރޭ ނުވައެއް ޖެހުމާއި ހަމައަށް ރީނދޫ ސަމާލުވެސް ނެރުނެވެ.

މިހާރުވެސް ވަނީ ނ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް މިރޭ ދަންވަރު 2 ޖަހަންދެން ހުދު ސަމާލުވެސް ނެރެފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާގޮތުގައި ރާއްޖެއަށް ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެއެވެ. މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރަނީ އަންގާރަ ދުވަހުން ފެށިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު