Saturday, October 31
ވިއްސާރަ ދުވަސްވަރަކަށްވާތީ މަގަށް ކުނި ނުނެރުމަށް ވެމްކޯއިން އެދިއްޖެ
ވިއްސާރަ ދުވަސްވަރަކަށްވާތީ އާންމު ސަރަޙައްދުތަކާއި މަގުމައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން އިލްތިމާސްކޮށްފިއެވެ. ވެމްކޯއިން މިގޮތަށް އިލްތިމާސްކުރީ މޫސުން ގޯސް ވިއްސާރަވުމުގެ ސަބަބުން މަގުތަކުގެ ޢާންމު ސާފުތާހިރުކަން ގެއްލިދާނެތީއެވެ. މޫސުން ގޯސް ވިއްސާރަ ދުވަސްވަރަކަށްނަމަވެސް މެދުކެނޑުމެއްނެތި އެކުންފުނިން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް  މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ އުކާލާ ކުނި މަގުމަށްޗަށް ނުވަތަ އާންމު ސަރަޙައްދުތަކަށް ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އެހެންކަމުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރިކަން ފާހަގަކުރެއްވިއްޖެނަމަ ނުވަތަ ޚިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 1666އަށް ގުޅައި އެ މަޢުލޫމާތު ދިނުމަށް ވެމްކޯއިން އެދެއެވެ. ވެމްކޯއިން ވަނީ ރޯދަމަހު ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރަމަޟާންމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 08:30 އިން ދަންވަރު 02:30 އަށެވެ. ހުޅުމާލޭގައި ރަމަޟާން މަހު ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 09:00 އިން ދަންވަރު 01:00 އާ ހަމައަށެވެ. އަދި ވިލިމާލޭގައި ޚިދުމަތް ދޭނީ ރޭގަނޑު 09:30 އިން ދަންވަރު 01:30 އަށެވެ. ވެމްކޯއިން ވަނީ ގަޑިތަކަށް މި ގެންނަ ބަދަލުތަކަށް އާއްމުން ސަމާލުވުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު