Friday, November 13
ރައީސް، ބޮސްނިއާ ގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ވެރިންނަށް ފޮނުއްވައިފި

ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮ އެދުމާއި ތަހުނިޔާ، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ރިޔާސަތުގެ ޗެއާމަން މިސް ޒެލްޖްކާ ކްވިޖަނޮވިޗްއާއި، ކައުންސިލް އޮފް މިނިސްޓަރސްގެ ޗެއަރ، މިސް ބޮރްޖާނާ ކްރިޝްޓޯއަށް އަދި، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ވެރިންނަށް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމާއި، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަމަށްވެސް އެދިވަޑައިގެންފައެވެ.

ބޮސްނިއާ އެންޑް ހަރޒެގޯވީނާއިން މިނިވަންކަން އިޢުލާނުކުރީ 1992 ވަނަ އަހަރު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު