Tuesday, November 10
އެސްޓީއޯ އިން ބައެއް މުދަލުގެ އަގުހެޔޮކޮށް ބާޒާރަށް ލޮނުމެދު ނެރެފި

އެސްޓީއޯ އިން ރަމަޟާން މަހަށްވާ ހާއްސަ ތައްޔާރީތަކުގެ ތެރެއިން ތާޒާ ލޮނުމެދު ބާޒާރަށް ނެރުން، އަދި ފިޔާ، ބިސް، އަދި އަލުވިގެއަގުހެޔޮކޮށްފިއެވެ.

ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 45 ރުފިޔާއަށް އަށް ކިލޯ އެއް ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.

ފިޔާ، އަލުވި، އަދި ބިސް ވިއްކާއަގުތައް:

ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ

ބިސް: ކޭހެއް 350 އަށް، ވަކިން 2 ރުފިޔާ

އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރިފިޔާއަށް

މިއީ އެސްޓީއޯއިން ރަމަޟާން މަހަށްވާ ހާއްސަ ކޮށްގެން ފިޔާ، ބިސް، އަދި އަލުވި ބާޒާރަށް ނެރެންފެށިފަހުން ބާޒާރުގެ އަގުތަކަށް އަންނަ ހެޔޮބަދަލާ ގުޅިގެން އަގަށް ބަދަލު ގެންނަ 4 ވަަނަ ފަހަރެވެ.

ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:

އަސާސީ ކާބޯތަކެތި:  ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް

ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކްޑް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާތަކެތި:  ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ

އެސްޓީއޯ އިން ވަނީ މި ރަމަޟާން މަހަށްވާ ހާއްސަ ކޮށްގެން ހުޅުމާލޭގައި ހޯލްސޭލް ސެންޓަރެއް ހުޅުވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ކޮޕީ ކެޓް - 2025-03-01T19:36:30

    ކިހިނެއްހޭ ބާރަށް ލޮނުމެދު ނެރެނީ؟ އިނގިރޭސިން ލިޔެފަ އިން ތަންކޮޅުން ނޭނގޭ ވާނުވައެއް. 😂😂😂