Tuesday, November 10
އެސްޓީއޯއިން ހުޅުމާލޭގައި ހޯލްސޭލް ސެންޓަރެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހޯލްސޭލް ސެންޓަރެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން ބުނީ ރޯދައަށް ހާއްސަކޮށް ގެންނަ ހުރިހާ ބާވަތެއް ހުޅުމާލޭން ހޯލްކޮށް ދޫކުރާނީ އެސްޓީއޯ ހޮޓާ ސަރަހައްދުން ކަމަށެވެ.

އެތަނުން ވިއްކާ ތަކެތީގެ ތެރޭގައި ފިޔާ، އަލުވި އަދި ބިސް ހިމެނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ހުޅުމާލޭގައި ހޯލްސޭލްކޮށް ތަކެތި ގަނެވޭ ގޮތް ހެދީ، ވިޔަފާރިތަކަށް ލުއިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެސްޓީއޯ ހޮޓާ ސައިޓުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖުންނާއި މާލޭގައި ހުންނަ ހޯލްސޭލް ސެންޓަރުން ވެސް އެ ތަކެތި ލިބޭނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް އެސްޓީއޯއިން މިއަހަރުގެ ރޯދައަށް ހާއްސަކޮށް ބާޒާރަށް 24 ބާވަތެއް ގެނެސް ކޮންޓްރޯލު އަގުތަކެއްގައި ވިއްކާނެ އެވެ. އެސްޓީއޯއިން އަންނަނީ ކާއްޓާއި ލުބޯ އަދި ލޮނުމެދު ވެސް ވިއްކަނުންނެވެ. އޭގެ އިތުރުން ތަރުކާރީގެ ބާވަތްތައް ވެސް އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކަ އެވެ.

އެސްޓީއޯ އިން ބުނީ ރޯދަމަހު އެއްވެސް ބާވަތެއް ދަތިނުވެ ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު