ކޮޕީ ފަތަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ފަތެކެވެ. ރާއްޖޛޭގައި ފަސޭހައިން ހެއްދޭ ފަތެކެވެ. ގިނަ ރަށްރަށުގައި އަމިއްލަ ގޭގައި ހައްދާ ފަތެކެވެ. މާލޭގެ ބާޒާރުގައި ވެސް އަބަދުވެސް ލިބެންހުންނަ ފަތެކެވެ.
ކޮޕީފަތަކީ ގިނަ އަދަދަކަށް ވިޓަމިން ކޭ އެލުލެވިގެންވާ ފަތެކެވެ. ވިޓަމިން ކޭ އަކީ ކަށިތައް ދުޅަހެޔކަންމަތީ ބަހައްޓައިދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
މިއަދު ކިޔުންތެރިންނަށް މިގެނެސްދެނީ ކޮޕީފަތް ބޭނުންކޮށްގެން ތައްޔާރުކުރާ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
1 ބޮނޑި ކޮޕީ ފަތް ( 4 ފަތް )
1 މެދު ސައިޒްގެ ފިޔާ
1/2 ލުނބޯގެ
ގިތެޔޮ މިރުސްކޮޅެއް ( ކުޅި ރަހަ ބޭނުންވާ މިންވަރަށް )
ލޮނު
އަސޭ މިރުސް
ހިކަނދި ފަތް ކޮޅެއް
3 މޭޒުމަތީ ސަމުސާ ކާށި ކިރު
ތައްޔާރުކުރާނެ ގޮތް
ކޮޕީފަތް ރީއްޗަށް ދޮވުމަށްފަހު ހިމަކޮށް ކޮށާލާށެވެ. އެއަށްފަހު ފިޔާ، މިރުސް އަދ ހިކަނދިފަތް ތުނިކޮށަ ކޮށާފައި ލޮނު ލައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަފަހު ލުނބޯ އަދި އަސޭމިރުސް އަޅައި މޮޑެލާށެވެ. ރަހަ ހެޔޮވަރު ކޮށްލުމަށްފަހު ކާށި ކިރު އަޅާ ފަތްތައް އަޅާލާނީއެވެ
ކާށި ކިރު އަޅައިގެން ކޮޕީ ފަތް ސަޓަނި ވަރަށް މީރުވާނެއެވެ. ރޮށި އަދި ރިހަ އާއި އެކު ކާން ވަރަށް މީރުވާނެއެވެ.
މި ލިޔުން ކިޔާލުމުން