Friday, November 13
ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހާ ދަމު ނަމާދު ކުރާނީ ޝަހީމްގެ ދެބަފައިން

މި ރޯދަ މަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ދަރިކަލުން އިލްޔަސައު މުހައްމަދު ޝަހީމް އެވެ.

މިދިޔަ އަހަރުވެސް ރަޝީދު މިސްކިތުގައި ދަމުނަމާދު ކުރެއްވީ މިނިސްޓަރު ޝަހީމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ދަރިކަލުން އިލްޔަސައު މުހައްމަދު ޝަހީމް ކަމަށެވެ.

މިނިސްޓަރު ޝަހީމަކީ އަދި ދަރިކަލުންވެސް ވަރަށް ރީތިކޮށް ކީރިތި ގުރުއާން ކިޔަވާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު