Saturday, October 31
މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

މި އަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ކޮންމެ އަހަރެކޭވެސް އެއްފަދައިން، ފަލަކީ ކޮމިޓީގެ ބައްދަލުވުމަށްފަހު، މާޗް 1 ވާ ހޮނިހިރު ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ނިންމައި އިޢުލާންކޮށްފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖެއާއި އިސްލާމީ އެހެން ޤައުމުތަކުން ރަމަޟާން މަހުގެ ހަނދު ފެނިފައިވާކަން ކަށަވަރުވުމާ ގުޅިގެންނެވެ.

ދިވެހިރާއްޖޭގައި ހަނދު ބެލުމުގެ އުސޫލުގެ ދަށުން، ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ނަމަވެސް ހަނދު ފެނިއްޖެނަމަ، އެކަން އެރަށެއްގެ ކޯޓު މެދުވެރިކޮށް އެންގުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އެހެން އިސްލާމީ ޤައުމުތަކުގައިވެސް ހަނދު ފެނޭތޯ ބަލައެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ސަރުކާރުގެ އެންމެހާ މުއައްސަސާތައް ބަންދުވާނެއެވެ. އަދި ރޯދަމަހު ސަރުކާރު އޮފީސްތަކުގެ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން އަންގާފައިވާ ގޮތުގައި، ފެބްރުއަރީ 15 އިން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހާ ހަމައަށް، ވިޔަފާރި ތަންތަން ހުޅުވިފައި ހުންނާނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ.

ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރަމަޟާން މަހު ހުޅުވިފައި ހުންނާނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށެވެ.

އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މި ތަންތަން ހުޅުވިފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ހަމައަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު