މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މާލޭގައި ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބަސްތާތަކަށް ވެލި އެޅުމުގެ މަސައްކަތް ފަށާފައެވެ.ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސްވަނީ މަސައްކަތް ފަށާފައި.
އަދި މޫސުން… — Heena Waleed (@MvSpokesperson) February 28, 2025
މާލޭގައި އާއްމުކޮށް ވާރޭވެހި ފެންބޑުވާ ސަރަހައްދުތަކުގެ މަގުތައްވެސް ދާދި ފަހުން ވަނީ މަރާމާތުކޮށްފައެވެ.ވިއްސާރަވެ ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބަސްތާތަކަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށްދަނީ pic.twitter.com/ueITRMDUPt
— Malé City Council (@MaleCitymv) February 28, 2025







1 ކޮމެންޓު
އެހެންވީމަ ތިޔަ ތައްޔާރުވާނީ ބޯކޮށް ވާރޭ ވެހިދާނެ ކަމަކަށް ނޫ ، ރޯދަމަހާ ކޮން ގުޅުމެއް އޮތީ