ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.
އެކްސްގައި ކުރި ޕޯސްޓުގައި އެ އިދާރާއިން މި ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށެވެ. މި ސަމާލުގެ ވަގުތަކީ 16:00 އިން ފެށިގެން މިރޭ 20:00 އެވެ.
އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
https://twitter.com/MetMaldives/status/1895425669024350387
މޫސުމާ ބެހޭ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިރުޝާދު ދީފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް އިތުރަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.






