Friday, November 13
ރަސްމީ ފާލަން ހުޅުވައިފި
އިއްޒުއްދީން ފާލަން މާރާމާތު ކުރުމަށް ފަހު އަލުން ރަސްމީކޮށް ހުޅުވައިފިއެވެ. ޢިއްޒުއްދީން ފާލަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަޤުބަލުކަމަށެވެ. އެ ފާލަން ސަރުކާރުން ތަރައްޤީކޮށްފައިވަނީ 1950ގައި ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ފާލަން ހުރި ގޮތް އަސްލަކަށް ބަލައިގެންން އެޑިޒައިނަށެވެ. ރަސްމީ ފާލަން ނުވަތަ ޢިއްޒުއްދީން ފާލަމަކީ ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއި، ސިޔާދަތާއ، ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ. މިއީ ވެރިރަށް މާލޭގެ މަލަމަތިން ފެނިގެންދާ މުހިންމު ސަރަހައްދެގައި ހުރި އެންމެ މުހިންމު އެއް ތަނެވެ. މިއީ ވަރަށް ގިނަ ޓޫރިސްޓުން ވެސް ޒިޔާރަތްކޮށް ބަލާލަން ދާ ތަނެވެ. މިރޭގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ މައިދާނުގެ ފައްވާރާއި، ޢިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ މި ސަރަހައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަހައްދުކަން ފާހަގަކުރައްވައި، އެ ސަރަޙައްދުގެ ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންފުޅުވެސް ހިއްސާކުރައްވާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ޢިއްޒުއްދީން ފާލަން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން، ފާލަމުގެ މައި ސްޓްރަކްޗަރ ނުވަތަ ސުޕަރ ސްޓްރަކްޗަރ އަށް ގެއްލުންވެ، ފާލަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެތީ، ފާލަމުގެ މައި ސްޓްރަކްޗަރ އަލުން ފަރުމާކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު