Friday, November 13
ލޯކަލް މާރުކޭޓް ސަރަހައްދު ތަރައްޤީކުރަން ނިންމައިިފި

ލޯކަލް މާރުކޭޓް ހުރި ތަނުގައި އާ މަސް މާރުކޭޓެއް އަޅައި، އެ ސަރަހައްދު  ތަރައްގީ ކުރަން ނިންމައިފި އެވެ.

އިއްޒުއްދީން ފާލަން ތަރައްގީކޮށް ނިންމާ ރަސްމީކޮށް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިހާރު ލޯކަލް މާރުކޭޓް ހުރި ތަނުގައި އާ މަސް މާރުކޭޓެއް އަޅައި، އެ ސަރަހައްދު  ތަރައްގީ ކުރަން ނިންމައިފައިވާ ކަމަށެވެ. އަދި ގުޅީފަޅަށް ބަނދަރު ބަދަލުކޮށް، މިހާރު މާލޭ ނޯތު ހާބަރު ހުރި ސަރަހައްދު  ތަރައްގީ ކުރަން ނިންމާފައިވާކަން ވެސް ރަައީސް ހާމަކުރެއްވިއެވެ.

ލޯކަލް މާރކެޓް ސަރައްހަދު މަރާމާތު ކުރާ އިރު މާލޭ ނޯތް ހާބަރު ވެސް ތަރައްޤީ ކުރަން ވަނީ ނިންމާފައެވެ.

އެ ސަރަހައްދު ތަރައްޤީ ކުރަން މޫދުން ބައެއް ހިއްކާ ޝީޓް ޕައިލް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެ ސަރަހައްދުގެ މަގު ތަރައްޤީކުރެވޭއިރު ކޮންމެ ކޮޅަކަށް ދުއްވަން ދެ ލޭން އޮންނާނެ ކަމަށްވެސް ރައީސް މިރޭ ވިދާޅުވިއެވެ.

މާލޭގެ އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތަކުގެ ތެރޭގައި ބޮޑު ތަކުރުފާނު މަގުން އެމްޕީއެލް ސަރަހައްދުން ފެށިގެން އެމްއެމްއޭ ސަރަހައްދު ހިމެނެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު