Monday, November 2
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަން ރޯދަ މަސް ނިންމާ ފަށަން ނިންމައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރަމަޟާން މަސް ނިންމާ ފެށޭނެ ކަމަށް ރައިސުލުޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޒުއްދީން ފާލަން ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް ޙަވާލުކުރަން ނިންމާފައިވަނީ އެމްޓީސީސީ އާއި ކަމަށެވެ.

އެމްޓީސީސީ ފެރީ ޓާރމިނަލް އިން ފެށިގެން އެމްއެމްއޭގެ އިމާރާތް ނިމޭ ހިސާބަށް މަސް މާރުކޭޓް، މިހާރު އެހެރަ ލޯކަލް  މޭރުކޭޓާއި ހަމައަށް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.  މި ސަރަހައްދުގައި މަގު ހަދާޏީ ކޮޅަކަށް 2 ލޭން އޮންނަ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ސަރަހައްދުގެ މަގު ހެދުމަށް މުދުން ބައެއް ނަގާ ޝީޓްޕައިލް ކުރެވި މަގު ފުޅާކުރެވޭނެ ކަމަށް ރަޢީސް ވިދާޅުވިއެވެ.

ތާރުއަޅާ މަގު ހަދާ މިއަހަރު ނިމެންވާއިރަށް މަގު ހުޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޓީސީސީން ތަރައްޤީ ކުރާނީ ލޯކަލް މާރކެޓް ހުރި ސަރަހައްދު ކަމަށާއި، އެހެން ނަމަވެސް މާލެ، ވިލިމާލެ ހިމެނޭހެން މަގު ޒާމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސަސްކަތް ކުރާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކަމަށެވެ. އެމްޓީސީސީ އާއި ހަވާލުކުރާ މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުގެ ބެޖެޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ލޯކަލް މާރުކޭޓް ހުރި ތަނުގައި އާ މަސް މާރުކޭޓެއް އަޅައި، އެ ސަރަހައްދު ވެސް ތަރައްގީ ކުރަން ނިންމައިފަ އެވެ. އަދި ގުޅީފަޅަށް ބަނދަރު ބަދަލުކޮށް، މިހާރު މާލޭ ނޯތު ހާބަރު ހުރި ސަރަހައްދު ވެސް ތަރައްގީ ކުރަން ނިންމާފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު