Saturday, October 31
ޑައިލިސިސްގެ ހިދުމަތް ފައްޓަވައިދެއްވި ރަސްމިއްޔާތުގެ ތެރެއިން

ހއ. އިހަވަންދޫގައި ރަސްމީކޮށް ޑައިލިސިސްގެ ހިދުމަތް ފަށައިފި އެވެ.

އެ ރަށު އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި ޑައިލިސިސްގެ ހިދުމަތް މިއަދު ފަށްޓަވައިދެއްވީ އެކަމަށްޓަކާ އިހަވަންދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެ ސަރުކާރުން މިހާރު މިފަހިކޮށްދެއްވި ފުރުސަތުގެ ސަބަބުން، އިރާދަކުރެއްވިއްޔާ މިފަދަ އުދާސްތަކުން ބަލިމީހާ މިންޖުވެ، ޙިދުމަތުގެ މަގު ކުރުވެ، އަވަސްވާނެ ކަމަށެވެ.

ޑައިލިސިސްގެ ހިދުމަތް ފައްޓަވައިދެއްވި ރަސްމިއްޔާތުގެ ތެރެއިން
ޑައިލިސިސްގެ ހިދުމަތް ފައްޓަވައިދެއްވި ރަސްމިއްޔާތުގެ ތެރެއިން

ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރު ޑައިލިސިސް ގެ ޙިދުމަތް ދެވޭ ތަންތަނުގެ އިތުރަށް، އިތުރު 9 ޞިއްޙީ މަރުކަޒެއްގައި ޑައިލިސިސްގެ ޙިދުމަތް ފެށިގެންދާނެއެވެ.

އިހަވަންދޫ އަކީ ވަރަށް މަސައްކަތްތެރި، ރަށުގެ ކުރިއެރުމަށް ލޯބިކުރާ ރައްޔިތެއް އުޅޭ ރަށެެއް ކަމަށާއި، އޭގެ އެއް މިސާލަކީ ރާއްޖޭގައި ހުރި މަދު ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން، ހުސް ދިވެހި ނަރުހުން މަސައްކަތް ކުރާ އެއް ސިއްހީ މަރުކަޒަކީ އިހަވަންދޫ ސިއްހީ މަރުކަޒު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދެމުންދާ ލެވެލް 4 ގެ ސިއްހީ މަރުކަޒެކެވެ. މި މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ފެށީ ތިން އެނދުގެ ޔުނިޓަކާއެކުގައެވެ.

މީގެ ތެރެއިން އެއް އެނދު ޚާއްސަކޮށްފައި ވަނީ ޕޭޝަންޓުން އައިސޮލޭޓްކޮށްގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.

އިހަވަންދޫގައި ޑައިލިސިސްގެ ހިދުމަތް ފެށުމަކީ ރަައީސްގެ ވަޢުދުފުޅެކެވެ. ރަށުގައި މި ޚިދުމަތް ފައްޓަވާނެކަން ރައީސް ވަނީ އިޢުލާންކޮށްދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު