Saturday, October 31
ފުލުހަކަށް ހަމަލާ ދިން ބަޔަކު ހައްޔަރުކޮށްފި

ނ. ހޮޅުދޫގައި ފުލުހަކަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ގައި މަރުވެފައި އޮއްވައި ފެނުނު ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު ލަސްވެ، އިންސާފު ވެސް ލިބުން ލަސްވެފައިވާ ކަމަށް ބުނެ ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރޭގަ އެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަނުކުރެ އެވެ.

މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު