Friday, November 13
ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީން ބަލައިދިނުމަށް އެދިއްޖެ

ނ. ހޮޅުދޫގައި ޒަޚަމުތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބަލައިދިނުމަށް، އެދިއްޖެއެވެ.

މި މައްސަލަ ސަލާމަތީ ކޮމެޓީން ބަލައި ދިނުމަށް އެދިފައިވަނި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހްމާލުވާކަމަށް ބުނެ އެރަށުގައި ދަނީ ރައްޔިތުން ނިކުމެ ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން އަންގާރަ ދުވަހުގެ ރޭ ހޯމް މިނިސްޓަރ އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ފުލުހުންގެ ޓީމެއް ވަނީ އެރަށަށް ގޮސް ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް އެމީހުންގެ ޝަކުވާތައް ވަނީ އަޑުއަހާފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާކަން ގަބޫލުކުރައްވާ ކަމަށް ރޭ ވިދާޅުވެފައެވެ.

ޒަކިއްޔާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ވަގުތެއްގައެވެ. މީހަތަނަށް މި މަައްސަލައިގެ ތަހްޤީގަށް އެއްވެސް މީހަކު ހައްޔަކުކޮށް ތަހްޤީީގްގެ މާބޮޑު ތަފްޞީލެއް ފުލުހުން ހާމަނުކުރެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު