Friday, November 13
މެންޓަލް ހެލްތަށް ހާއްސަ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ނާޒިމް
ެންޓަލް ހެލްތަށް ހާއްސަ މަރުކަޒެއް ރާއްޖޭގައި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ 2025 އިން 2029 އަށް ކަނޑައަޅާފައިވާ 5 އަހަރު ދުވަހުގެ ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެެވެ. މިނިސްޓަރ ވިދާޅުވީ އެ މަސައްކަތަކީ އިންޑިއާގެ އެހީގައި ކުރިއަށްގެންދާ  މަޝްރޫޢު އެއް ކަމަށާއި އެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރިތައް މިހާރު ވަމުންދާކަމަށާއި އަތޮޅު ތެރޭގައި ވެސް މި ޙިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވަމުން ދާކަމަށެވެ. "ނަފްސާނީ ދުޅަހެޔޮކަމަކީ އާއިލާތަކާއި މުޖްތަމަޢުއާއި އަދި ޤައުމުގެ ކުރިއެރުމާވެސް ގުޅިފައިވާކަމެއް. ނަފްސާނީ ސިއްހަތަށް އިންވެސްޓްކުރުމަކީ ޤައުމުގެ އުފެއްދުންތެރިކަމަށް ކުރެވޭ އިންވެސްޓެއް. ޤައުމުގެ އިޤްތިޞާދަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ" އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ. ޕްރައިމެރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ސިއްހީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެކަން ކަށަވަރުކުރުމަކީ މި ޕްލޭންގެ މައިގަނޑު އެއް އަސާސް ކަމަށާއި ސިޔާސަތުތަކާއި، މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމާއި ނަފްސާނީ ސިއްހީ މައްްސަލަތަކުގެ ސަބަބުން ހުންނަ ތަފާތުކުރުންތައް ކުޑަކުރަން ޕްލޭންގައި ހިމެނިފައިވާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފަސް އަހަރުގެ މި އެކްޝަން ޕްލޭނަކީ ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އިފްތިތާޙުކުރެއްވި މަގުޗާޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު