Friday, November 13
ރަސްމީ ފާލަމުގެ މަސައްކަތް ނިންމާ ހުޅުވަން ތައްޔާރުވެއްޖެ

މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ނިންމާ، ހުޅުވަން ތައްޔާރުވެއްޖެއެވެ.

ފާލަމުގެ ޑިޒައިންގައި ހުރީ ރާއްޖޭގެ ސަގާފަތާއި ތާރީޚާއި އާދަކާދަ ދައްކުވައިދޭ ގޮތަށެވެ.

ރަސްމީ ފާލަމުގެ މަސައްކަތް މި ނިމުނީ މަސައްކަތް ފަށާ ދޮޅުއަހަރާއި ގާތްކޮށްފައެވެ.

ރަސްމީ ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.  މި މަސައްކަތް ހަވާލުކުރީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަގަކީ 11.7 މިލިއަން ރުފިޔާއެވެ.

އިއްޒުއްދީން ފާލަން އެންމެ ފަހުން މަރާމާތުކޮށް ހަދާފައިވަނީ މިނިވަން 50 އާއި ގުޅުވައިގެންނެވެ. އެހެން ނަމަވެސް މިހާރު ފާލަން ވަނީ އެއްކޮށް ކުރިން ހުރި ޑިޒައިން ބަދަލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު