Saturday, October 31
ޕީއެސްއެމްގެ އިސް މުވައްޒަފަކު ނިޔާވެއްޖެ

މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ސީނިއާ މެއިންޓަނަންސް އޮފިސަރު އާގިލް ޝަމީމް މިރޭ ނިޔާވެއްޖެއެވެ.

އާގިލް ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

މި މަހުގެ 23 ވަނަ ދުވަހު އޮފީހުގައި ޑިއުޓީގައި އުޅެނިކޮށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ޕީއެސްއެމްގެ އިސްވެރިން ހާމަކުރި ގޮތުގައި އާގިލްއަކީ އޮފީހުގެ އެންމެހާ މުވައްޒަފުންނަށް އަބަދުވެސް އެހީތެރިވެދޭ މުވައްޒަފެކެވެ. މީގެއިތުރުން، އޭނާއަކީ އޮފީހުގެ އެކި މަސައްކަތްތަކުގައި އިސްނަގައިގެން ބައިވެރިވާ މުވައްޒަފެއް ކަމަށާއި، ވަކިން ޚާއްސަކޮށް ޕީއެސްއެމްގެ ޕްރޮގްރާމްތަކުގެ ޝޫޓިންގ ތަކަށް ސްޓޫޑިއޯ ތައްޔާރުކުރުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ.

ޕީއެސްއެމް އިން މަޢުލޫމާތު ދިން ގޮތުގައި، ޕީއެސްއެމްގެ ކޯޕަރޭޓް ސެކްޝަންގެ ސީނިއާ މެއިންޓަނަންސް އޮފިސަރެއްގެ މަޤާމުގައި ހުރި އާގިލްއަކީ އޮފީހުގެ މަސައްކަތްތަކަށް ގިނަ ވަގުތު ހޭދަކުރާ މުވައްޒަފެކެވެ.

އަދި އެހެން މުވައްޒަފުންނަށް ހެޔޮހިތުން އެހީތެރިވެދިނުމުގައި ނަމޫނާ މުވައްޒަފެއްގެ ގޮތުގައި އޭނާ ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު