Saturday, October 31
ސުޕްރީމް ކޯޓަށް އަމާޒުކޮށްގެން އަޅަމުން ގެންދާ ފިޔަވަޅުތަކާމެދު ކަންބޮޑުވަން: ޑިމޮކްރެޓްސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް، ކޯޓުގެ ހިނގުން ހުއްޓުވައި އަޅަމުންދާ ފިޔަވަޅުތަކަކީ ކޯޓުގެ މިނިވަންކަން ނަގާލުމަށް އަޅަމުންދާ ފިޔަވަޅު ތަކެއް ކަމަށް ދަޑިމޮކްރެޓްސް އިން ބުނެފިއެވެ.

ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންނަށް އެ އެޅި ފިޔަވަޅުތަކަކީ ކޯޓަށް ބިރުދެއްކުމަށާއި، މިނިވަންކަން ނަގާލަން އެޅި ފިޔަވަޅުތަކެކެވެ.

ޑިމޮކްރެޓްސް އިން އެ ބަޔާނުގައި ބުނިގޮތުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އާދަޔާހިލާފު އިޖުރާއަތްތަކަކުން، ރައްޔިތުން މަޖިލީހުން ގާނޫނެއް ކުއްލިޔަކަށް ފާސްކޮށް، އަދި އެ ގާނޫނު ފާސްކުރުމަށް ފަހު، އެ ގާނޫނުން މަދުކުރާ ފަނޑިޔާރުންގެ އަދަދަށް ފެއްތުމަށްޓަކައި ފަނޑިޔާރުންތަކެއްގެ މައްސަލައްއެ ބަލަން ފެށިކަން ކުއްލިއަކަށް އިއުލާން ކޮށްފައިވެއެވެ.

އައަށް ފަހު ޖުޑިޝަލް ސާރވިސް ކޮމިޝަނުން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް ސްޕްރީމް ކޯޓުގެ ހިންގުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސްޕްރީމް ކޯޓަށް އަމާޒުކޮށް ސަރުކާރުން މިހާރު އަޅަމުން މި ގެންދާ ފިޔަވަޅުތަކާއި މެދު ޑިމޮކްރެޓްސް އިން ކަންބޮޑުވެ، އެ އަމަލު ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީން ސަސްޕެންޑްކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމި ސަބަބު ހާމަކޮށް ޖޭއެސްސީން ބުނީ ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ބޭފުޅުންނާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމުގައި އޭސީސީން އެ ކޮމިޝަނަށް ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު