ރޭ ބަންޑުން ޖަހާލި "ނަފާ" ދޯނި އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބަންޑުންޖަހާލާފައިވާ ދޯންޏެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ރޭ އިލްތިމާސްކޮށްފައެވެ.
މިގޮތުން މާލެއިން ފުރައިގެން ކ. މާފުށްޓަށް ދަތުރުކުރަމުން ދަނިކޮށް އެ ދޯނި ބަންޑުންޖަހާލާފައިވަނީ ވައްމާފުށީގެ އުތުރުން 0.33 ނޯޓިކަލް މޭލު ބޭރުންނެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާޢި، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުންދާ ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދޯނި ފެނިފައި ނުވާ ކަމަށެވެ.
ނަމަވެސް ދޯނީގެ ސާމާނުކަމަށް ލަފާކުރެވޭ ބައެއް ތަކެތި ކަނޑުމަތިން ފެންނަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން