Friday, November 13
އިލެކްޓްރިކް ޓެކްސީ އާއި ޗަރޖިން ސްޓޭޝަން ހަދަން މާލީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ އަދި ޗަރޖިން ސްޓޭޝަން ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި  މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މިނިސްޓްރީ އޮފް  ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މިއީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ޓްރާންސްޕޯޓް ސިސްޓަމްތައް ޤާއިމުކުރުމަށްޓަކައި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެހިލޭ އެހީއާއިއެކު މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވާޔަރަންމަންޓް އިންހިންގުމަށް ހަމަޖެހިފައިވާ "އިންޓަގްރޭޓަޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސްޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. ސަރުކާރުން އަލަށް ތަޢާރަފުކުރާ ޓެކްސީލައިން އޮޕަރޭޓްކޮށް ޓެކްސީ ޚިދުމަތް ދިނުމުގެ މަސައްކަތްތައް ކުރިއަށް ކުރިއަށް ގެންދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި އެކު ވަނީ ސޮއިކޮށްފައެވެ. މި ޓެކްސީ ލައިން އިން ޚިދުމަތް ދޭނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް %100 އިލެކްޓްރިކް ވެހިކަލް ބޭނުންކޮށްގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ. ޓެކްސީ ޚިދުމަތް ފަސޭހަކަމާއެކު ލިބިގަތުމަށްޓަކައި، ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި އެޕްލިކޭޝަނުގެ އެހީގައި، ޚިދުމަތަށް އެދޭ ފަރާތުގެ މަޢުލޫމާތު ބޭނުންކޮށްގެން، އެފަރާތާ އެންމެ ކައިރީގައިވާ ޓެކްސީއެއް އޮޓޮމެޓިކުން ކަނޑައެޅޭނެއެވެ. މީގެ އިތުރުން، ކުރިއާލާ ރޭވުމުގެ ގޮތުން، 7 ދުވަހާ ހަމައަށް ކުރިއަށް ޓެކްސީ ޚިދުމަތް ރިޒަރވް ކުރުމުގެ ފުރުޞަތު ވެސް މި އެޕްލިކޭޝަނުން ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު