ނ. ހޮޅުދޫގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
މިގޮތުން އާރްޑީސީން ބުނީ ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޗާންދަނީ މަގުގައި ބެކް ފިލިންގގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ސައިޓަށް ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޗާންދަނީ މަގުގައި ބެކް ފިލިންގގެ މަސައްކަތް ދަނީ ކުރަމުން. އަދި މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ސައިޓަށް ގެންދިއުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން.#TeamRDC pic.twitter.com/qtfwbo0pT8
— Road Development Corporation Ltd (@rdcmaldives) February 25, 2025
ހޮޅުދޫ އަމީރު އަމީން މަގުގައި އެޗްވީ ހޮޅި އެޅުމުގެ މަސައްކަތާއި، މުޙައްމަދު ރާޝިދު ހިނގުމުގައި ބެކް ފިލިޕިންގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށްގެންގޮސްފަވެ.
ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.
މި ލިޔުން ކިޔާލުމުން