Saturday, October 31
މުލަކު މަގުހެދުމުގެ މަޝްރޫޢު: ދުވާރު ހެދުމާއި ސްޓޯމްވޯޓަރ ޓޭންކުގެ މަސައްކަތް ކުރިއަށް
މ. މުލަކު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސޯސަން މަގުގައި ދުވާރުގެ މަސައްކަތާއި، އިރުދޭ މަގު އަދި ބަހާރީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ %68 އަށްވުރެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ. މުލަކުއަތޮޅު މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އާރްޑީސީ އާ ހަވާލުކުރީ 2021 ވަނަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ހެދުމާއި، މަގުތަކުގައި ނިޝާންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރާއި ނިޝާން ބޯޑުތައް ބެހެއްޓުންވެސް ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި އެއަށް ބޭނުންވާ ކަރަންޓު ކޭބަލްވެސް މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު