މާފަންނެ ގެއެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މ.އީޒީނައިޓް ގޭގެ 3 ވަނަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގި ހާދިސާގެ ރިޕޯޓު މިރޭ 20:29 ހާއިރު ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ.
އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް އެ ހާދިސާގެ ރިޕޯޓު ލިބުމާ އެކު، އެމްެއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެކްސްޕްލޯޝަން ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި ހުރި ހޮޅި ބާރުކުރާ ނަޓު ދޫވެފައި ހުއްޓައި އުނދުން ރޯކުރަން އުޅުމުގެ ތެރޭގައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ އުނދުނަށް ގުޅާފަ ހުރި ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައެވެ.
މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދިވެހި ފިރިހެނަކަށް ވަނީ އަނިޔާވެފައި ކަމަށާއި، އަދި މި ގޭސް އެކްސްޕްލޯޝަންގެ ހާދިސާގައި އެ ގެއަށް ބައެއް ގެއްލުންތައް ވަނީ ލިބިފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން