Saturday, October 31
ޕީޖީގެ ވަޓްސްއެޕް ގުރޫޕުން އަޒާން ބޭރުކޮށްފި

މިއަދު މަޖިލީހުގައި ނެގުނު މުހިންމު ވޯޓުގައި ބައިވެރިނުވުމުގެ ސަބަބުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގުގެ މައްޗަށް ފިޔަވަޅު އަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅިފައިވާ ކޯޓުތަކުގެ ގާނޫނުގެ އިސްލާހު ބަލައިގަތުމުގެ ވޯޓުގައި، ޕީއެންސީގެ ދެ މެންބަރުން ކަމުގައިވާ އަޒާނާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ބައިވެރިވެވަޑައިނުގަތުމާ ގުޅިގެން، އަޒާން ވަނީ ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފައެވެ.

އަދި މިފަދަ ކަންކަން ތަކުރާރުނުކުރުމަށް އެ ދެ މެމްބަރުންނަށްވެސް ވެސް ވަނީ އަންގަން ނިންމައިފައެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ގެންނަން ހުށަހެޅިފައިވާ ބަދަލުތަކާ މެދު އަޒާން ދެކޮޅު ހައްދަވަމުން ގެންދެވި ނަމަވެސް، މަޖިލީހުގެ ގިނަ މެންބަރުން މި ބަދަލަށް ތާއީދުކުރައްވައެވެ. މިހާރު 7 މެންބަރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗު، ކުރީގެ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

މި ބިލާ ގުޅޭގޮތުން އެމްޑީޕީގެ މެންބަރުން ވިދާޅުވެފައިވަނީ މިއީ ޝަރުއީ ދާއިރާއަށް، ޚާއްސަކޮށް ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމުގެ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް، ޕީއެންސީގެ މެންބަރުން ވަނީ މިކަން ދޮގުކޮށްފައެވެ.

2014 ވަނަ އަހަރު ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނެސް އަދަދު މަދުކުރިއެވެ. އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ ފަނޑިޔާރުންގެ އަދަދު އިތުރުކުރެވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު