Monday, November 2
ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރާ ބިލް ބަލައިގެންފި

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށަން ނިންމާފައެވެ.

މި ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ޕިއެންސީގެ 64 މެމްބަރުން ވަނީ ބިލާއި އެއްކޮޅަށް ވޯޓް ދެއްވާފައެވެ. ބިލާއި ދެކޮޅަށް ވޮޓް ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންނެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އާ ބިލުގައިވަނީ، ސުޕްރީމް ކޯޓު އެކުލިވެގެން ވާނީ އުއްތަމަފަނޑިޔާރާ އެކު އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ޖުމުލަ ހަތް މެމްބަރުންނެވެ.

ވެރިކަން ކުރާ ޕާޓީން ސުޕްރީމް ކޯޓަށް ބަދަލު ގެންނަން މަސައްކަތް ފަށައިފައިވަނީ، ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު