Friday, November 13
މިނިސްޓަރ އިޙްސާންގެ އިތުބާރުނެތްކަމަށް ފާހެއްނުވި

މިނިސްޓަރ އޮފް ހޯމްލޭންޑް އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފެއިލް ކޮށްލައިފި އެވެ.

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އިދިކޮޅު 11 މެންބަރުން އެކަންޏެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރަކު ވޯޓު ދެއްވީ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމާ ދެކޮޅަށެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވުމަށް 47 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ.

އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮއާއި އެކު އިތުބާރު ނެތް ކަމުގެ މައްސަލާގައި ހިމެނޭ އެއް ތުހުމަތަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުމެވެ.

ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި އިހުސާން ވަނީ ވަކިވަކިން އޭނާ އަށް ކުރި ހުރިހާ ތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ކަމެއް ގަވައިދާ ހިލާފަށް އަދި އޭނާގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ކޮށްފައިނުވާނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު