Saturday, October 31
ރިނބުދޫ ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

ދ. ރިނބުދޫގައި އަަލަށް ގާއިމްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރިނބިދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރުއެވެ.

މިއީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށް ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގައި ހިމަނައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓެގ ތެރެއިން ކައުންސިލް އިދާރާތައް އެޅުމުގެ އަމަލީ މަސައަކަތް އޭޕްރީލް މަހު ފެށޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ޕްރޮޖެކްޓްގައި ހިމެނޭ މަސައްކަތައް ނިންމުމަށް ކަނޑައަޅާފަވަނީ 2 އަހަރާ 6 މަސް ދުވަހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު