Friday, November 13
އާރުޓީއެލް ފެރީ ދަތުރުގައި ތަކަންދޫ އާއި މާރަންދޫ ހިމަނައިފި
މިއަދުން ފެށިގެން އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޫޓުގައި ހއ.ތަކަންދޫ އަދި ހއ.މާރަންދޫ ހިމަނައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޔޓްގައި އެ ދެ ރަށް ހިމަނައިގެން ދަތުރުގެ ކަންކަން އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޫޓުގައ ތަކަންދޫ އަދި މާރަންދޫ ހިމެނުމަކީ މިއަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ތަކަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެ ވަޑައިގެންފައިވާ ވަޢުދެކެވެ. ރައީސް ވިދާޅުވީ މި ރަމަޟާންމަހުގެ ކުރިން އާރުޓީއެލް ފެރީ ތަކަންދުއާއި މާރަންދޫއަށްވެސް ދަތުރުކުރާ ގޮތް ހައްދަވާދެއްވާނެކަމަށް ކަމަށެވެ. ފެރީގެ މައްސަލަ ހައްލުވެގެންދިއުމުން ބޮޑުތަނުން ގިނަ ކަންކަމުގައި ރައްޔިތުންނަށް ފަސޭހަ ލިބިގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު