Friday, November 13
މަސްވެރިންނަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް އެބަ ހަމަޖައްސަން: ރައީސް
ސަރުކާރުން މަސައްކަތްކުރަނީ ދަނީ މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދ.މީދޫ ރައްޔިތުންނާއި ރޭ ބައްދަލުކުރައްވާ  ރައީސް ވަނީ،  އެމަނިކުފާނުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް މިހާރު ހަމަޖެހިފައިވާ ކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުރިއަށް އޮތްތަނުގައި އިތުރު ފަންނުތަކުގެ ބޭފުޅުންނަށްވެސް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށްކަމަށެވެ. އެގޮތުން މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައި ގަންނަވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލްވުމުގެ ފެށުމަކީ މަސްވެރިންގެ ދަފްތަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "އެ ދަފްތަރުގައި ޖެހިގެން ބޭންކިން ނިޒާމުން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން އެހީތެރިކަން ލިބުން ފަދަ ކަންކަން ފަހިވެގެންދާނެ މިއަހަރު ތެރޭގައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަސްވެރިންގެ އިތުރުން އެހެން ފަންނުތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށްވެސް ރޯދަ އިނާޔަތް ލިބެންޖެހޭކަމަށް ވިދާޅުވަމުން ރައީސް ވަނީ އެކަންކަމަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު