Saturday, October 31
މި ހަފުތާ ނިމުމުގެ ކުރިން ފްލެޓް ލިސްޓު ނެރޭނަން: ރައީސް

ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކަށް ހޮވޭ ފަރާތްތަކުގެ ލިސްޓު މި ހަފުތާ ނިމުމުގެ ކުރިން ނެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެންމެ މުހިންމު އެއް މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށާއި، މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މާލެ ސިޓީގައި ކަމަށެވެ. އަދި މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، ހުޅުމާލޭގައި އަޅަމުންދާ ހަތަރު ހާސް ފްލެޓް މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ނެރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އަދި މިހަފުތާ ނިމުމުގެ ކުރިން ފުލެޓް ލިސްޓް ނެރޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ޢަހްމަދު - 2025-02-25T08:41:48

    އިތުބާރެއް ނެތް