ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރުން އަޅަން ނިންމާފައިވާ ހައުސިން މަޝްރޫޢު ކުރިއަށްގެންދާނީ، ގެއަޅަން ބޭނުންވާ މީހުންގެ ގޯތީގައި ގެ އަޅައިދިނުމަށް އިސްކަން ދެއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވަނީ ކުޑަހުވަދޫގައި ހައުސިންގ ޔުނިޓްއަޅާނީ އަމިއްލަ ގޭގައި ގެ އަޅަންބޭނުންވާ ގެ އެޅޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިރޭ މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެސް އެމަނިކުފާނު ވިދާޅުވީ މީދޫގައި އެޅުމަށް ނިންމާފައިވާ 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، ރައްޔިތުން ބޭނުންވާނަމަ ރައްޔިތުންގެ ގޯތީގައި ގެ އަޅައިދޭނެކަމަށެވެ. ރައީސް ވިދާޅުވީ އަޅުއްވާނީ ތިން ކޮޓަރީގެ ގެތައް ކަމަށެވެ.
" އޭގެ ބައެއް ކަނޑައެޅިދާނޭ ރައްޔިތުން ބޭނުންވާނަމަ ބޭނުންވާ ރައްޔިތުންގެ ގޯތީގައި 3 ކޮޓަރީގެ ގެއެއް އަޅާދެވިދާނޭ. އެމީހާގެ އަމިއްލަ ގޯތީގައި އެގެ ގާއިމްކުރެވޭނީ. އެގޮތަށް ކަނޑައަޅާ ނިމުނީމަ މި ޕްރޮޖެކްޓުގެ ދަށުން ހައުސިން މަޝްރޫޢު ކުރިއަށްގެންދާނީ މަޝްރޫއު ކުރިއަށްގެންދާ ސަރަހައްދުގައި". ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ހައުސިން ޔުނިޓް އެޅުމަށް އިޢުލާންކުރި ކޮންމެ ރަށެއްގައި ރަމަޟާން މަސް ނިމުމުގެ ކުރިން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަންބޭނުންވާނަމަ އެކަން ސަރުކާރަށް އެންގުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އެގޮތަށް އެދޭ ކޮންމެ މީހެއްގެ ގޯތީގައި ގެއަޅާދިނުމަށް އިސްކަންދެއްވާނެކަމަށާއި، އެއަށްފަހު ވަކި ހައުސިން ޔުނިޓްތައް އަޅާނީ އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސަރަހައްދުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވަނީ 57 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ. އެގޮތުން އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ގިނަ ހައުސިންގ ޔުނިޓް އަޅައެވެ. މުޅި ޖުމުލަ ބާރަ ހާހަށްވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް މިހާރު ވަނީ އިއުލާންކުރެވިފައެވެ.
ސަރުކާރުން މިހާރު ވަނީ އަމިއްލަ ގޯތި ހެދުމަށް ކުޑަ އިންޓްރެސްޓެއްގައި ލޯން ދޫކުރުމަށް ވެސް ހުޅުވާލާފައެވެ.
މި ލިޔުން ކިޔާލުމުން