Saturday, October 31
މީދޫ ޞިއްޙީ މަރުކަޒުގެ އައު އޮފީސް ރައީސް ހުޅުވައިދެއްވައިފި

ދ. މީދޫގެ ސިއްޙީ މަރުކަޒުގެ އައު އޮފީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން ސިއްޙީ މަރުކަޒުގެ އައު އޮފީސް ހުޅުވައިދެއްވަވައި އެމަނިކުފާނު ވަނީ އޮފީސް ބައްލަވާލައްވާފައެވެ.

އައު އޮފީހުގައި ޤާއިމްކުރެވިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ޕަބްލިކް ހެލްތު ސަރވިސަސްއާއި، ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ އިތުރުން، ގައިންގައިން ނާރާ ބަލިތަކަށް ޚާއްޞަ ކްލިނިކެއް، މާބަނޑު މީހުންނަށް ޚާއްޞަ ކްލިނިކެއް އަދި ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ކްލިނިކެއް ހިމެނެއެވެ.

މީދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ. އަދި މި ތަނުގައި މިވަގުތު މަސައްކަތް ކުރަނީ 2 ޑޮކްޓަރުންނެވެ.

މީދޫގެ ސިއްޙީ މަރުކަޒުން ވިދަޅުވީ އައު އޮފީހަކާއިއެކު މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ޖާނޭނަން - 2025-02-24T20:39:32

    ހޮޅިމުއީޒް ދޮގުވައުދުތަށް މެކުހަށްޖަށްސާފައި