Saturday, October 31
ފެން ކުންފުނިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީއާއި މޯލްޑިވިއަން ބްލަޑް ސާވިސްގެ މުވައްޒަފުން ގުޅިގެން މިއަދު ލޭ ހަދިޔާކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފެން ކުންފުނީގެ ކަސްޓަމަރ ސާވިސް ބިލްޑިންގގައި ބޭއްވި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލްމަތީން މުޙައްމަދު އަދި ޗެއާޕަރސަން ޝަމްހޫޒާ އަހުމަދެވެ.

މި ހަރަކާތުގައި އެމްޑަބްލިޔުއެސްސީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އިސް މެނޭޖްމަންޓުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އަދި ކައުންސިލްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި މިއީ ސަރުކާރުގެ ޤައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕެއިންގެ ދަށުން ހިންގުނު ހަރަކާތެކެވެ.

އެމްޑަބްލިޔުއެސްސީން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގެ ތެރެއިން
އެމްޑަބްލިޔުއެސްސީން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގެ ތެރެއިން

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހާ ދިމާކޮށް، މޯލްޑިވިއަން ބްލަޑް ސާވިސްއަށް ލޭ ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީތެރިވެ، އެ ކުންފުނީގެ ފަރާތުން ބޭނުންވާ ލޭގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީން ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު