Saturday, October 31
ނޯތު ރީޖަންގެ ތިން ރަށުގެ މަގުތައް ތަރައްޤީ ކުރުމުގައި އާރްޑީސީން ގިނަ މަސައްކަތްތަކެއް

ނޯތު ރީޖަންގެ ތިން ރަށެއްގެ މަގުތައް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އެކްސްގައި އާރްޑީސީން މިއަދު ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ނޯތު ސަރަހައްދުގެ މަގުތައް ޒަމާނީކުރުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު މަސައްކަތް ކުރެވެމުންދަނީ ހއ.ދިއްދޫ، ހއ. އިހަވަންދޫ، އަދި ކުޅުދުއްފުށި ސިޓީގައެވެ.

އާރްޑީސީން ބުނީ ދިއްދޫގައި މިވަގުތު ކުރިއަށްދަނީ ހަނދުބަލާ މަގުގައި ހާބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ފިލާވެލި ހިނގުމުގައި ދުވާރުގެ މަސައްކަތް ކަމަށެވެ. އަދި އިހަވަންދޫގައި ނާރެސް މަގުގައި ނެޓްވޯކް ކޭބަލް އެޅުމުގެ މަސައްކަތާއި، ބެކް ފިލިންގް ހަދާފައިވާ ސަރަހައްދުތަކުގައި މަގު ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.

https://twitter.com/rdcmaldives/status/1893986784993755575

ކުޅުދުއްފުށީ ސިޓީގައި ހިނގަމުންދާ މަސައްކަތްތަކުގެ ތެރޭގައި ލައިނޫފަރު އަދި ސަހަރާ މަގުގައި ދުވާރުގެ މަސައްކަތާއި، ކާސްޓިންގ ޔާޑު ސާފުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު