Saturday, October 31
ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައިފި

މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައިފިއެވެ.

ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ މިއަހަރުގެ ޕީކް ސީޒަނަށާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި އެ ޖަނަރޭޓަރު ކޮމިޝަން ކުރެވި މިހާރު ވަނީ ބޭނުން ކުރަން ފަށާފައި ކަމަށެވެ.

ސްޓެލްކޯއިން ބުނީ، މީގެ ސަބަބުން ދަނގެތީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން ވަނީ އިތުރަށް ކަށަވަރުކުރެވިފައި ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1893979349994664009

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު