937 ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ "ސިލްވަރ ޑޯން" ނަމަކަށް ކިޔާ ކްރޫޒްޝިޕުން ރާއްޖެ އައި 517 ފަސިންޖަރުންނަށާއި 420 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. ކޮލޮމްބޯއިން ރާއްޖެ އައި މި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އައިސްފައިވަނީ ފެބުރުވަރީ 19 ވަނަ ދުވަހުއެވެ.
Immigration clearance was provided for 517 passengers and 420 crew members from the Silver Dawn cruise ship, which arrived from Colombo to Malé, Maldives, on February 19th, 2025. The Seaport Division officers successfully conducted the en-route clearance process from February… pic.twitter.com/oi5IrGkoyf
— Maldives Immigration (@ImmigrationMV) February 24, 2025
އިމިގްރޭޝަނުން ބުނީ ފެބުރުވަރީ 16 އިން 19 އާ ދެމެދު ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ކްލިއަރެންސް ޕްރޮސެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް މި ފެބުރުވަރީ މަހުގެ ތެރޭގައި ރާއްޖެ އައި 183،028 ފަތުރުވެރިންނާއެކު، މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ ވަނީ 369،945 އަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ %7.6 އިތުރު އަދަދެކެވެ.
މީގެ އިތުރުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ޗައިނާގެ ފަތުރުވެރިންނެވެ. އެގޮތުން ޗައިނާއިން 56،461 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ 39،271 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވަނީ 38،576 ފަތުރުވެރިންނެވެ.
މި ލިޔުން ކިޔާލުމުން