Friday, November 13
ބަަނޑިދޫ އައިސްޕްލާންޓުގެ ބިންގާ އަޅައިފި
ދ.ބަނޑިދޫގައި ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ އައިސްޕްލާންޓުގެ ބިންގާ މިއަދު އަޅައިފިއެވެ. ރައީސް އަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގެ އައިސް ޕްލާންޓުގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ.ވިތާލީ ލިޔުބޮމިވްއެވެ. ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ދަނބިދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންވަނީ ރައީސަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި އައިސް ޕްލާންޓުގެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އައިސްޕްލާންޓަކީ 30 މެޓްރިކްޓަނުގެ އައިސް ފްލޭކްސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ 50 މެޓްރިކްޓަނުގެ އައިސް ރައްކާކުރެވޭނެ ޕްލާންޓެކެވެ. ބަނޑިދޫ އަކީ ވަރަށް ގިނަ މަސްދޯނި އޮންނަ މަސްވެރި ރަށެކެވެ. އެ ރަށުގައި 21 މަސްދޯނި އޮވެއެވެ. އެރަށުން އައިސް ނުލިބޭތީ މަސްވެރިން އެހިސާބުން އައިސް ހޯދުމަށް ދިގު ދަތުރެއް ކުރެއެވެ. ރައީސް ގެ މި ދަތުރުގައި ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު