Friday, November 13
އިތުރު ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރަނީ

ބޭރުގެ ދެ ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު  މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ފޮނުއްވައިފި އެވެ.

ދެ ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައީސް ފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން، ރައީސް ހުށަހަޅުއްވާފައިވަނީ:

ރަޝިއަން ފެޑަރޭޝަންއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ތުރުކީ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަނުކުރެއްވުމަށެވެ. ކިންގްޑަމް އޮފް މޮރޮކޯއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް ސައުދީ އަރަބިއްޔާގެ ސަފީރު އަހުމަދު ސަރީރު އައްޔަނުކުރެއްވުމަށް ވަނީ ފޮނުވާފައެވެ.

މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ  ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު