Friday, November 13
ތަހްްގީގަށް ހާޒިރު ނުކުރެވިގެން މީހަކު ހޯދަން އިއުލާންކޮށްފި

ފުލުހުން ތަހްޤީގު ކުރަމުންދާ މައްސަލައެއްގެ ތަހްގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

އޭނާގެ މައުލޫމާތު އާއްމުކުރީ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލްްއިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.

އެހެން ކަމުން  ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އިއުލާންކޮށްފައެވެ.

ހޯދަން އިއުލާންކޮށްފައިވަނީ މުޙައްމަދު ޝަރީފް، ކުދެހިމާގެ، ސ.ހިތަދޫ އެވެ. އޭނާގެ އުމުރަކީ 50 އަހަރެވެ.

އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، އަށް އަންނަ މާރޗް މަހުގެ 4 ވަނަ ދުވަހުގެ މެންދުރު  ދޭއް ޖަހާއިރުއެވެ. 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު