Friday, November 13
މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ރައީސަށް ލަފާ ދޭން މަޖިލީހުން ފާސްކޮށްފި

ޝަރުއީ އަދި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުސާރަ ކުޑަކުރެވެން ނެތްކަމަށް ލަފާއަރުވަން ފާސްކޮށްފި

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަތައް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް އެ ތަންތަނުގެ މުސާރަތައް ކުޑަކުރުމަކީ މިވަގުތު ކުރެވިދާނެ ކަމެއް ނޫންކަމަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ނިންމުމާ އެއްގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ލަފާއަރުުވަން ފާސްކޮށްފައިވަނީ 44 މެމްބަރުންގެ ވޯޓާ އެކު އެވެ.

ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން މުސާރަތައް ކުޑަކުރަން ރައީސް ނިންމަވާފައިވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގެ ތެރެއިން މުސާރަ 15000 ހަށް ވުރެ މަތީބޭފުޅުން، މިނިވަން މުއައްސަސާތަކުގެ އިސްވެރިން، ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރުމެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގިނަވެގެން ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމުގެ އިތުރުން ރައީސްގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ވަނީ ނިންމަވާފައެވެ.

މާލިއްޔަތު ކޮމެޓީން ވެސް ނިންމީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަހު އެ ހުށަހެޅުން ހުށަހެޅުއްވުމަށް ލަފާ ދިނުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު