Friday, November 13
ސިއްހީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާއި އެކު މަޝްވަރާ ކޮށްފި
ސިއްހީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި އިންޑިއާގެ ހެލްތު މިނިސްޓަރާއެކު މަޝްވަރާ ކުރައްވައިފިއެވެ. ހެލްތް މިނިސްޓްރީން ބުނީ  މިނިސްޓަރު ނާޒިމް އިންޑިއާގެ ހެލްތު މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާއާ ބައްދަލު ކުރައްވައި، ސިއްހީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޭހުގެ ކަންކަމާއި ނަފުސާނީ ބަލިތަކާއި ޑިޖިޓަލް ދާއިރާއިން އަދި މީހުން ތަމްރީން ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.  މިއީ ދެޤައުމުން ސިއްހީ ދާއިރާއިން ގުޅުން ހަރުދަނާކޮށް, އެ ދާއިރާގެ ފެންވަރު ރަނގަޅުކުރުމުގެ މަޤްސަދުގައި ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލު ކުރެއްވުން ކުރިޔަށް ގެންގޮސްފައިވަނީ އިންޑިއާގެ ނިއުދިއްލީގައި އޮތް ގްލޯބަލް ހެލްތު ޑައިލޮގުގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިނިސްޓަރ ގެ މި ދަތުރުފުޅު ނިންމާ މިއަދު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު