Saturday, October 31
ރައީސް ޑރ. މުޢިއްޒަކީ ވިދާޅުވާ ކަމެއް ވިދާޅުވާ ގޮތަށް ކުރައްވާ ވެރިއެއް: ވަޒީރު ޝިޔާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވިދާޅުވާ ކަމެއް ވިދާޅުވާ ގޮތަށް ކުރައްވާ ވެރިއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރީދަ މަހަކީ ދިވެހީންގެ އާދަކާދަ ހުންނަ ގޮތުން އަބަދުވެސް ވަރަށް ޚަރަދުތައް ބޮޑު މަހެއް ކަމަށެވެ. އަދި ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ގޭބިސީތަކުގެ ކަރަންޓު އަދި ފެންބިލަށް ރައީސް މިދެއްވީ ވަރަށް ބޮޑު ލުޔެއް ކަމަށާއި، އެމަނިކުފާނަކީ ވިދާޅުވާ ކަމެއް ވިދާޅުވާ ގޮތަށް ކުރައްވާ ވެރިއެއް ކަމަށެވެ. ކުރިއަށް އޮތް ރޯދަ މަހުގައިވެސް ރައްޔިތުންނަށް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބިގެންދާނެކަން ރައީސް ހާމަކުރެއްވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭގޮތުން ފެތުރެމުންދާ ދޮގު މައުލޫމާތުތަކަށް ރައީސް ޖަވާބު ދެއްވިއެވެ. ޚާއްޞަކޮށް ރަމަޟާން މަހަށް ރައްޔިތުންނަށް ހަދިޔާގެ ގޮތުގައި ދެވޭ މަސްދަޅު ކޭހާ ގުޅޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދެކެވެމުންދާކަން ފާހަގަކުރެއްވިއެވެ. މަސްދަޅު ކޭހުގެ ވާހަކައަށް އިތުރަށް ބަލާއިރު، ބައެއް ފަރާތްތަކުން މަސްދަޅުގެ ބަރުދަން މަދުކޮށްފައިވާ ކަމަށާއި، ކަނޑަން އުނދަގޫވާގޮތަށް ކެޕް ނުލައި މަސްދަޅު ވިއްކަން ނެރެފައިވާކަމަށް ބުނެ ދޮގު ވާހަކަތަކެއް ފަތުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދޭ ކޮންމެ ލުޔެއްގެ ބަދަލުގައި އެހެން ކަމަކުން އޭގެ އަގު ނަގާކަމަށް ބުނެ، މިހާރު ކަރަންޓު ބިލާ ގުޅުވައިގެން ވާހަކަތަކެއް ދައްކަމުންދާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ކުރިން އިއުލާންކުރެއްވި ފަދައިން މި އަހަރުގެ ރަމަޟާން މަހުގައި ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެކަން ރައީސް ޔަގީންކޮށްދެއްވިއެވެ. ސަރުކާރަށް އަމާޒުކޮށް ފިތުނަވެރިކަން އުފެދޭފަދަ ގޮތަކަށް އެކި ބާވަތުގެ ވާހަކަތައް ފެތުރެމުންދާތީ، އެކަމާމެދު ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު