Saturday, October 31
ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރަ ބޮޑު އިންސްޕެކްޝަނެއް ފަށައިފި
ރަމަޟާން މަހާއި ދިމާކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމަށް ޙާއްޞަ އިންސްޕެކްޝަނެއް މިނިސްޓްރީ އޮފް ހެލްތުން ފަށައިފިއެވެ. އެމްއެފްޑީއޭ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ގުޅިގެން ކުރިއަށް ގެންދާ މި އިންސްްޕެކްޝަންގައި މާލެ، ހުޅުމާލެ އަދި ވިލިގިލީގެ ފިހާރަތަކާއި، މާރުކޭޓް އަދި ގުދަން ފަދަ ތަންތަން ބަލާނެއެވެ. އަތޮޅު ތަކުގައިވެސް މި އިންސްޕެކްޝަން ކުރިއަށްދާނެއެވެ. މިއަދު ކުރިއަށް ދާ ބޮޑު އިންސްޕެކްޝަންގައި މިނިސްރީގެ ގިނަ މުވައްޒަފުންތަކެއް އެކި ޓީމް ގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ. މި އިންސްޕެކްޝަންގެ މަގްސަދަކީ، ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ޤާނޫނު( 6/2024) އާއި އެގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ، ގުދަންކޮށް އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ޞިއްޙީ ގޮތުން އެކަށީގެންވާ، ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމެވެ. މި އިންސްޕްކެޝަންގައި ފިހާރަތަކުގައި ހުންނަ މުދާތަކުގެ މުދަތު ހަމަވާ ތާރީޚް އަދި ތަކެތި ބަހައްޓާފައިވަނީ އެކަށީގެންވާ ފިނި ހޫނުމިނުގައިތޯ ޗެކް ކުރާނެއެވެ.އަދި ފިހާރަ ތަކުގައި ހުންނަ ކާބޯތަކެތި ބަންދު ކުރެވިފައި ހުރީ ރަނގަޅަށްތޯ ވެސް ބަލާނެއެވެ. މިނިސްޓްރީން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް އަސަރުކުރާގޮތަށް ހުންނަ ކާބޯތަކެތި ފެނިއްޖެ ނަމަ އެކަން ކަން ރަނގަޅު ކުރުމަށް ފުރުޞަތު ދެވޭނެ ކަމަށެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2024 ވަނަ އަހަރުގެ މޭމަހުގެ 23ވަނަ ދުވަހުއެވެ. މިޤާނޫނަށް އަމަލުކުރުމަށް ފަށާފައިވަނީ 23 އޮގަސްޓް 2024 އިން ފެށިގެންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ގިނަ މަސައްކަތެއް ދަނީ ކުރަމުންނެވެ.

އެގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ތަނެއް މިޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ވަކި އުސޫލެއްގެ ތެރެއިން ޚިދުމަތްދިނުމަށް ކަނޑައެޅިފައިވާއިރު، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު