Saturday, October 31
އިތުރު ޚިދުމަތްތަކާއި އެކު މާއެންބޫދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި
އިތުރު ޚިދުމަތްތަކާއި އެކު މާއެނބުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާއެނބޫދޫގައި ޤާއިމްކޮށްފައިވާ ސިއްޙީ މަރުކަޒު ހުޅުއްވައި ދެއްވާ އެމަނިކުފާނު ވަނީ އެތަން ބައްލަވާ ލައްވާފައެވެ. މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތަކީ އެ މަރުކަޒުން ޚިދުމަތް މިހާރު ދިނުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯއްދައިވައި ދެއްވުމަށް، ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތާއެކު އަލަށް 5 ޚިދުމަތެއް ވަނީ ތަޢާރަފްކޮށްފައެވެ. މި އިމާރާތުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ލިބޭނެއެވެ. މީގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ޙާއްޞަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްޞަ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް ހުންނާނެއެވެ. މިއިމާރާތުގައި މެޑިކަލް އަދި އެހެނިހެން ތަކެތި ސްޓޯކުރެވޭނެ ޖާގައާއި ކޮންފަރެންސް ހޯލެއްވެސް ހިމެނެއެވެ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު