Saturday, October 31
އެސްޓޯނިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރަައީސް ތަހުނިޔާ ވިދާޅުވެއްޖެ
އެސްޓޯނިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަލާ ކާރިސް އަދި ބޮޑުވަޒީރު ކްރިސްޓެން މިކާލްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ އަރިސްކުރައްވަައިފިއެވެ. އެސްޓޯނިއާގެ 107 ވަނަ މިނިވަންދުވަަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ އެސްޓޯނިއާގެ ރައީސް އަދި ބޮޑުވަޒީރަށާއި އެ ޤައުމުގެ ރައްޔިތުންނަށް މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރައްވާފައެވެ. ރައީސް އިތުރަށް ފާހަގަކުރެއްވީ އެސްޓޯނިއާއަށް އެމަަނިކުފާނު ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުމުގެ މިސްރާބު ބަދަލުވެގެންދާނެ މުހިއްމު ދަތުރުފުޅެއް ކަމެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު އެސްޓޯނިއާއަށް ދާދިފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އެސްޓޯނިއާގެ މެދުގައި މުހިއްމު ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެވި ބައެއް އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު